top of page
Search
Writer's pictureadhly0

ކެންގަރޫ ކިޑްސް އިން 300 އަށްވުރެ ގިނަ ދަރިވަރުންނަށް ފަތަން ދަސްކޮށްދެނީ

ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް 300 އަށްވުރެ ގިނަ ދަރިވަރުންނާ އެކު ކެންގަރޫ ކިޑްސް ސްކޫލުން މިއަދު ފަށައިފި އެވެ.

ހެނދުނު އާޓިފިޝަލް ބީޗުގައި އޮތް ފުރަތަމަ ސެޝަނުގައި ވަނީ އެ ސްކޫލުގެ 15 ވަރަކަށް ދަރިވަރުން ބައިވެރިވެފަ އެެވެ.

މި ޕްރޮގްރާމް ފެށީ ބިލަބޮންގް ސްކޫލާއި، ކެންގަރޫ ކިޑްސް ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރަން މި މަހުގެ ނުވަަ ދުވަހު ބޭއްވި ރަސްމިއްޔާތުގަ އެވެ.


ކެންގަރޫ ކިޑްސް ސްކޫލުގެ ސްވިމިން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފެތުންތެރިޔާ ޝަޖަން އަދި ސާޖިނާ ބައިވެރިވަނީ.-- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

ކެންގަރޫ ކިޑްސް ސްކޫލް ހިންގާ އައިލެންޑާސް އެޑިއުކޭޝަނުން ބުނީ "ސްޕްލޭޝް" ނަމުގައި ފެށި މި ޕްރޮގްރާމުގެ ބޭނުމަކީ، ކޮންމެ ދަރިވަރަކަށް ވެސް ނާސަރީ ތައުލީމް ނިމޭއިރު ފަތަން ދަސްކޮށްދިން ކަމަށެވެ. އެގޮތުން އެ ހަރަކާތް ހިންގަން ނިންމާފައިވަނީ ހަފުތާގެ ހަ ދުވަހު، ކޮންމެ ދުވަހަކު ވެސް ދެ ސެޝަނަކަށް ބަހާލައިގެން ކަމަށް އައިލެންޑާސް އިން ބުންޏެވެ.

ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގައި ތިން އިންސްޓްރަކްޓަރަކު ހަރަކާތްތެރިވާނެ އެވެ.

އައިލެންޑާސްގެ އޮފިޝަލަކު ވިދާޅުވީ އެސްކޭޖީ ދަރިވަރުންނަށް ސްޕްލޭޝްގައި ފީއަކާ ނުލައި ބައިވެރިވެވޭނެ ކަމަށެވެ. އެކަމަކު އެހެން ގްރޭޑުތަކުގެ ދަރިވަރުންނަށް ފީއެއް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.



57 views0 comments

Comments


bottom of page